Typefully
@TheVakeelu
Log in
Challenging President's Decree
Share
•
3 years ago
•
View on X
މި މައްސަލަ ސިވިލް ކޯޓަށް ހުށައެޅުމަކީ، މި މައްސަލަ ހުށައެޅި ފަރާތްތަކަށް ހެދުނު ގޯހެއްކަން ވަރަށް އަވަހަށް އެ ފަރާތްތަކަށް އެނގިގެން ދާނެއެވެ. 🧵
dhauru.com/65SCT
2/އާއެކެވެ، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ގއ ހިލާފުވާކަމަށް ބުނެ ހުށައަޅާ މައްސަލަތައް ސިވިލް ކޯޓަށް ހުށައެޅިދާނެކަމަށް ސްކޮމް އިން ނިންމައިފައިވެއެވެ. އެކަމަކު..
3/ރޖ ގެ ގަރާރަކީ 'ރައީސުލްޖުމްހޫރިއްޔާގެ ގަރާރު'އެކެވެ. ރައީސުލް ޖުމްހޫރިއްޔާއަކީ އިދާރާއެއް ނޫނެވެ. އެހެންކަމުން، އެ ގަރާރަކީ 'އަމުރެއް'/'ނިންމުމެއް' ކަމަށް ކޯޓަށް ގަބޫލުކޮށްދެވުނަސް ރޖ އަކީ އިދާރާއެއްކަމަށް ނުވާނެ.
4/ދެން އޮތީ، ރޖ ގެ ގަރާރަކީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ކުރި ކަމެއް/ ނިންމުމެއް ކަމަށް ދެއްކިދާނެހޭ. ގަރާރު ނެރުމަކީ 'ކުރި ކަމެއް'. އެކަމަކު، ރޖ އަކީ، އިދާރާއެއްގެ 'މުވައްޒަފެއް' ނޫނެވެ. ރޖ އަކީ ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ. އެހެންކަމުން، ރޖ އަކީ މުވައްޒަފެއް ނޫން
5/ރޖ ގެ ގަރާރު ކޯޓަށް ހުށައަޅަންޔާ ހުށައަޅަން އެންމެ ރަނގަޅީ، ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އާންމު މަސްލަހަތާ ގުޅޭ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފުރަތަމަ ވެސް
@SCMaldives
އަށެވެ.
6/މި ދެކެވުނު ވާހަކަ މި ދެއްކެވުނީ، މައްސަލަ ހުށައެޅި ފަރާތް/ތަކުގެ ގާނޫނީ ވަކީލު މައްސަލަ ހުށައެޅީ ގއ 43 ގެ ދަށުން ނޫންކަމަށް ބަލައިގެނެވެ. ގއ 43 ގެ ދަށުން ހުށައަޅައިފިނަމަ އަދި އެއީ އެއަށްވުރެ މޮޔަކަމަކެވެ.
7/އިދާރީ ފިޔަވަޅެއް (އިދާރާއެއްގެ ފިޔަވަޅެއް ނޫން) ކަމަށް ބެލި ނަމަވެސް، 43 ގެ ދަށުން ހުށައަޅާ މައްސަލަތަކުގައި އެ ފިޔަވަޅަކީ ގއ/ގާނޫނާ ހިލާފު ފިޔަވަޅެއްކަމަށް ކޯޓަކަށް ނުނިންމެއެވެ.
8/އެ މާއްދާގެ ދަށުން ދެވޭ ހައްލަކީ، މައްސަލަ ހުށައެޅި ފަރާތް/ފަރާތްތަކުގެ ހައްގަކަށް އުނިކަން ލިބިއްޖެނަމަ އެ ކަމާ ގުޅޭ ހައްލެވެ. މި ހައްލު އޮންނާނީ declaratory order ގެ ގޮތުގައެވެ. ކޯޓުން ބުނާނީ، އެ ފިޔަވަޅުގެ ސަބަބުން އެ ހައްގަށް ގެއްލުން ލިބިފައިވެއޭ/ނުވެއޭ.
9/އަދި އެ ނިންމުމުގެ މަންފާ އަދި ޒިންމާ އޮންނާނީ އެ މައްސަލައެއްގެ ބައިވެރިންގެ މެދުގައި އެކަނި. މާނައަކީ އަލީ ހުށައެޅިއްޔާ އަލީގެ ހައްގު ގެއްލިފައިވާކަން ކަނޑައެޅިފައި އޮންނާނެ އޭ. މުހައްމަދާއި، އިބްރާހީމުގެ ހައްގު ގެއްލުނު ކަމަކަށް ނޯންނާއޭ.
10/އެއާ ހިލާފަށް، 274، 144 އަދި ކޯޓުތަކުގެ ގާނޫނުގެ 11 ގެ ދަށުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައެޅުމުން، އެ ގަރާރުގެ ގާނޫނީ ބާރާ މެދު ބަހުސްކުރެވި، ކޯޓަށް އެ ގަރާރާކީ، ގއ ހިލާފު/ހިލާފު ނޫން ގަރާރެއްކަމަށް ނިންމޭ. އަދި، quashing order އެއް ނެރެ އެ ގަރާރު ނެތިކޮށްލެވޭ.